Thursday, May 26, 2016

ފުރަތަމަ ސުވާލު: ތިކުދިންގެ ތަޖުރިބާގެ އަލީގައި ކިޔަވަން އެންމެ ފަސޭހައީ ( ބްލޮކް މޯޑް، ފުލްޓައިމް ނުވަތަ ޕާރޓްޓައިމް) މިތަނުން ކޮންގޮތެއްތަ؟

ތިކުދިންގެ ތަޖުރިބާގެ އަލީގައި ކިޔަވަން އެންމެ ފަސޭހައީ ( ބްލޮކް މޯޑް، ފުލްޓައިމް ނުވަތަ ޕާރޓްޓައިމް) މިތަނުން ކޮންގޮތެއްތަ؟
ކިޔަވާ ދަރިވަރެއްގެ ޙައިސިއްޔަތުން އަޅުގަނޑު ބުނެލަން ބޭނުންވަނީ ރަނގަޅު ކާމިޔާބީއަކަށް ވާސިލްވާނީ ފުލްޓައިމްކޮށް ކިޔަވައިގެންނެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ ވަޒީފާގައި އުޅެމުން ކިޔަވާ މީހުންނަށްވެފައި އަދި މީގެ ތެރެއިން ގިނަ މީހުންނަކީ އެހެން ރަށްރަށުން ހަފްތާ ބަންދުދުވަސް ތަކާ ދިމާކޮށް ކިޔަވަން އަންނަ މީހުންނަށް ވާތީ، އެންމެންނަށް ކިޔެވުމުގެ ފުރުސަތު ހަމަހަމައަށް ހޯދާ ދިނުމަށް އަޅުގަނޑުގެ ނަޒަރުގައި ރަނގަޅު ގޮތަކީ ބްލޮކް މޯޑްގައި ކިޔެވުމެވެ.

ދެވަނަ ސުވާލު: ސީ.ޕީ.ޓީ 101 މި މާއްދާގައި ކިޔަވައި ދެވުނު ބައިތަކުގެ ތެރެއިން އެންމެ ކިޔަވާހިތްވާ ބައި ނުވަތަ އެންމެ ހިތްހަމަ ޖެހުނު ބަޔަކީ ކޮބާ؟ އަދި އެއީ ކީއްވެ؟

ސީ.ޕީ.ޓީ 101 މި މާއްދާގައި ކިޔަވައި ދެވުނު ބައިތަކުގެ ތެރެއިން އެންމެ ކިޔަވާހިތްވާ ބައި ނުވަތަ އެންމެ ހިތްހަމަ ޖެހުނު ބަޔަކީ ކޮބާ؟ އަދި އެއީ ކީއްވެ؟
ސީ.ޕީ.ޓީ 101 މިމާއްދާ އަކީ މިކޯހުގައި އަޅުގަނޑު އެންމެ ކިޔަވާ ހިއްވާ އެއްމާދާއެވެ. ސަބަބަކީ މިމާއްދާގެ ކިޔަވައި ދެވުނު ހުރިހާ ބައިތަކަކީ އަޅުގަނޑު ކިޔަވާ ހިތުން ކިޔެވި ބައިތަކެކެވެ. އެހެންނަމަވެސް މި ބައިތަކުގެ ތެރެއިން އަޅުގަނޑު އެންމެ ކިޔަވާ ހިތްވާ އެންމެ ހިތްހަމަ ޖެހިގެން ކިޔެވުނު ބަޔަކީ އެކްސެލް ޝީޓުގަ ފޯމިއުލާ ބޭނުންކޮށްގެން ކިޔަވައި ދެވުނު ބަޔެވެ. މިބައިން އަޅުގަނޑަށް ކުރިން ނޭގި ހުރި އެތަށް ފޯމިއުލާތަކެއް ބޭނުންކޮށްގެން ތަފާތު ޝީޓްތަށް ތަށްޔާރުކޮށްލުމުގެ ޤާބިލްކަން ލިބިގެންދިޔައެވެ. މި ބައިގެ ސަބަބުން އަޅުގަނޑު ވަޒީފާގެ މާޙައުލުގައި ކުރަންޖެހޭ މަސައްކަތްތައް ފަސޭހަކަމާއެކު ނިންމައި ލުމަށް ބާރުލިބިގެން ދިޔައެވެ.

ތިންވަނަ ސުވާލު: ސީޕީޓީ 101 މާއްދާގައި ބަދަލު ކުރަންޖެހޭ ނުވަތަ އިތުރަށް ކުރިއެރުވުމަށް ރަނގަޅު ކުރެވިދާނެ ކަމެއް އެބައޮތްތަ؟

މި މާއްދާގައި ބަދަލު ކުރަންޖެހޭ ނުވަތަ އިތުރަށް ކުރިއެރުވުމަށް ރަނގަޅު ކުރެވިދާނެ ކަމެއް އެބައޮތްތަ؟
 އާދެ! އެބައޮތެވެ. އެއީ އަޅުގަނޑުގެ ނަޒަރުގައި މި މާއްދާގައި ފުރިހަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކެނީ ކުލާހުގައި ކިޔަވަންތިބޭ ދަރިވަރުން ނިދިނާންނަ ގޮތަށް ކުލާހުގައި ފިލާވަޅުތަށް ބުނެދިނުމެވެ. އަދި ހަމަ އެހެންމެ ކުދިންނަށް ރަނގަޅަށް ދޭހަވާ ގޮތަށް ފިލާވަޅުތައް ބުނެދެއްވައިފިނަމަ ވަރަށް ފަސޭހަ ކަމާއެކު ކުދިން މިމާއްދާއަށް ޝަޢުޤުވެރިވާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. މިމާއްދާ ކިޔަވާ ދެއްވާ ގަނޑިތަކުގައި އިންޓަރނެޓް ނުލިބުމުގެ މައްސަލަ ފާހަގަ ކޮށްލަމެވެ. މިއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެކެވެ. އެންމެ މުޙިއްމު ބައި ގެންދާގަނޑިތަކުގައި އިންޓަރނެޓް ނުލިބުމުން އެގަޑިތަކުގައި މަސައްކަތް ނުކޮށް ހުންނަށް ޖެހުމުން ވަރަށް ބޮޑަށް އެދުވަހުގެ ފިލާވަޅަށް ބުރޫއަރައިގެން ދެއެވެ. އަޑުގަނޑުގެ އުއްމީދަކީ މިކޯހުގެ ދެންއަންނަ ސެމިސްޓަރ އެއްގައި މިމާއްދާ ކިޔަވައި ދެއްވުމުގައި ރަނގަޅު އުކުޅުތަކެއް ބޭނުން ކޮށްގެން ކޯހުގެ ހުރިހާ ބައިވެރިންގެ ޝަޢުޤްވެރިކަން މިމާއްދާއަށް ލަންބަވައި ލެއްވުމެވެ. 

Thursday, May 12, 2016

ދިވެހި ތާރީޚް

ދިވެހިތާރީޚުން ކޮޅުފުށި މިސްކިތް

ދިވެހި ރާއްޖޭގެ އަކީ ވަރަށް ބޮޑު ތާރީޚެއް އޮތް ޤައުމެކެވެ. އެގޮތުން އަޅުގަނޑުގެ ނަޒަރުން ދިވެހި ތާރީޚު ނޭގޭ މީހަކު އަދި ކުއްޖެއްވެސް ނުހުންނާނެއޭ ދެންނެވިޔަސް ދޮގަކަށްނުވާނެއެވެ. ސަބަބަކީ ރާއްޖޭގައި ވަރަށް ގިނައިން ތާރީޚީ ތަންތަން ފެންނަން ހުރުމުންނެވެ. މިގޮތުން އަޅުގަނޑު ބަލާލާނީ ދިވެހި ރާއްޖޭގެ ތާރީޚުން ފެންނަން ހުރި ބައެއް އާސާރީ ތަންތަނުގެ ތެރެއިން ރާއްޖޭގެ ތާރީޚުން ފެންނަށްހުރި ކޮޅުފުށީ މިސްކިތާބެހޭ ގޮތުންނެވެ.
ކޮޅުފުށީ މިސްކިތަކީ ދިވެހި ރާއްޖޭގެ އާސާރީ ބިނާތަކުގެ ތެރެއިން ވަރަށް ޚާއްސަ އެއް ބިނާއެވެ. މިމިސްކިތަކީ ޤދުރަތީ އެތަކެއް ޙާދިސާ ތަކެއް ދިމާވެފައިވާ މިސްކިތެކެވެ. މިމިސްކިތް ބިނާކޮށްފައިވަނީ ކަޅުއޮތްފުއްމީގެ ވަކަރުތައް ބޭނުންކޮށްގެންނެވެ. މީހުންގެ ތުންތުންމަތިން އެގޭ ގޮތުގައި މިމިސްކިތުގައި އަލިފާން ރީވިކަމަށް ބުނެއުޅެއެވެ. އޭގެ ފަހުން މިމިސްކިތް އަލުން މަރާމާތުކުރެވުނީ ހިޖުރީ ގޮތުން 1299 ވަނަ އަހަރުކަމަށް މީހުން ބުނެއުޅެއެވެ. އެއީ މީލާދީން 1881 ން 1882 ގައެވެ. ބައެއް މީހުން ބުނެއުޅެނީ މިމިސްކިތަކީ އާސާރީ މިސްކިތެއް ނޫންކަމަށް، އެހެންނަމަވެސް ގިނަބަޔަކު ބުނެ އުޅެނީ މިމިސްކިތަކީ އާސާރީ މިސްކިތެއްކަމަށެވެ.

26 ޑިސެމްބަރ 2004 ވަނަ އަހަރު ،ދިވެހިރާއްޖެއަށް ކުރިމަތިވި ޙާދިސާއެއް ކަމަށްވާ ސުނާމީގެ ކާރިސާގެ ސަބަބުން މިމިސްކިތުގެ އަސްލު ތާރީޚީ ބިނާއެއް ކަމަށް ޤަބޫލްކުރެވިގެން ދިޔައެވެ. އެޙާދިސާއިން ވަރަށް ބޮޑަށް ހަލާކުވި އެއް ތަނަކީ ކޮޅުފުށީގެ މިމިސްކިތެވެ. މީގެ ސަބަބުން މިސްކިތުގެ އެތެރެ ފާރު ވެއްޓި އެންމެ އެތެރޭގައި ޖަހާފައި ހުރި ލަކުނޑީގެ ބައިތައް ފެންނަން ހުރުމުން އެއީ އާސާރީ ބިނާއެއް ކަމަށް އެންމެންނަށް ޔަޤީންވެ ކަޝަވަރުވިއެވެ. މިމިސްކިތް ބިނާކުރީ ކޮށްފައިވަނީ ޢާޒީ ބަންޑާރައިން ބިނާކުރެއްވި މިސްކިތެއްކަން އެންމެންނަށް ޤަބޫލްކުރެވުނެވެ. މިއީ ރާއްޖޭގެ އާސާރީ ބިނާއެއްގެ ގޮތުގައިވާ ވަރަށް ޚާއްސަ މިސްކިތެކެވެ.